ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތަކާއި ތަޖުރިބާ ފަހިކޮށްދިނުމުގެ ގޮތުން އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީއާ ތާޖް ކޮރަލް ރީފް ރިސޯޓް އެންޑް ސްޕާއާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީން ބުނީ މި ފަހުމުނާމާގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރާނެ ކަމަށެވެ.
”މި ފަހުމުނާމާއަކީ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުޖުތަމަޢުގެ އެންމެހައި ފަރުދުންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް“ މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން، މުޖުތަމަޢުގެ އެކި ގިންތިތަކުގެ މީހުންނަށް ވަޒީފާގެ ދާއިރާގައި ކުރިއަށްދިއުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.




