ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީގެ ބޭފުޅުންނާއި ބައްދަލު ކޮށްއެވެ.
އާރުޑީސީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެންޓި ކޮރަޕްޝަން އެކަޑަމީއާ އެއްކޮށް ބޭއްވުނު މި ބައްދަލުވުމުގައި އާރުޑީސީ އާއި އެންޓި ކޮރަޕްޝަން އެކަޑަމީ ގުޅިގެން ހިންގޭނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
އަދި އެންޓި ކޮރަޕްޝަން އެކަޑަމީ އާއި އާރުޑީސީން ގުޅިގެން ދެފުށް ފެންނަ ކޮރަޕްޝަނާއި ދެކޮޅު ރަނގަޅު މަސައްކަތްތަކްތަކާއި ބެހޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައި ކަމަށް އާރުޑީސީގެ ޕޯސްޓް ގައި ބުނެފައި ވެއެވެ.


