މާލެ ސަރަހައްދުގައި ހޭޒްގެ އަސަރު ބޮޑުވެ، ވައި ސިއްހަތަށް ނުރައްކާވާ މިންވަރަށް މިއަދު ގޯސްކަމަށް އެއާ ކޮލެޓީ އިންޑެކްސް އިން ދައްކައިފިއެވެ.
ވިލިމާލޭގައި ހުންނަ ސެންޓަ ފޯ މެރިޓައިމް ސްޑަޓީޒްގައި ގާއިމްކޮށްފައިވާ އެއާ ކޮލިޓީ މޮނީޓާ ސިސްޓަމުން ދައްކާގޮތުން މި ސަރަހައްދުގައި ވައިގެ ކޮލެޓީ ހުރީ 175 ގައެވެ. މިއީ ރަތް އެލާޓު ނުވަތަ ސިއްހަތަށް ނުރައްކާ ވާ މިންވަރަށް ވައި ނުސާފުވެފައި ހުރުމެވެ.
މިފަދައިން ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.
އެއާ ކޮލިޓީ މޮނީޓާއިން ދައްކާ ގޮތުގައި އޭކިޔުއައި 151-200 އާ ދެމެދު ހުރެއްޖެ ނަމަ އެއީ ސިއްހަތަށް ނުރައްކާވާ މިންވަރެކެވެ.
މި ހާލަތުގައި ސިއްހީ ގޮތުން ނޭދެވޭ އަސަރުކޮށް ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ އެންމެންނަށް ވެސް އޮންނާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އައިކިޔުއެއާ ވެބްސައިޓު ގައި ހުރި މައުލޫމާތަށް ބަލާއިރު ޕީއެމް 2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 90 މައިކްރޯ ގްރާމްގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 18 ގުނަ މަތީ މިންވަރެކެވެ.
ހޭޒްގެ ސަބަބުން ވައި ނުސާފުވެ ހަމަ ލޮލަލަށް ސާފުކޮށް ފެންނަ ދުރުމިން ނުވަތަ ވިޒިބިލިޓީ ވެސް ވަނީ ދަށްވެފައެވެ.



