ގދ.ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފިއެވެ.
ހޯނޑެއްދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެ ރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ.
މި ރަސްމިއްޔާތުގައި އެރަށު ކައުންސިލްގެ މެންބަރުންނާއި ސިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިނިސްޓަރު ވަނީ އެ ލެބޯޓަރީ ހުޅުވައިދެއްވުމަށްފަހު ހޯނޑެއްދޫ ހެލްތު ސެންޓަރގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ހޯނޑެއްދޫ ޞިއްޙީ މަރުކަޒުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ޙިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށާފައިވާއިރު، 2026 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެކެެވެ.



