ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދެމުންގެންދާ ހިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.
އާރްޑީސީން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރަންޖެހޭ ދާއިރާތައް ދެނެގަނެ، ފެންވަރު ރަނގަޅުކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެކުލަވާލައިފައިވާ އޮންލައިން ފީޑްބެކް ފޯމު މެދުވެރިކޮށް ޚިޔާލު ހުށަހެޅުމަށް އާރްޑީސީން ވަނީ އެދިފައެވެ.
މުޅިއަކު 8 ސުވާލު ހިމެނޭ އެ ފޯމުގައި ވަނީ އާރްޑީސީން ދެމުންގެންދާ ހިދުމަތްތަކާމެދު ދެކޭގޮތް ހާމަކުރުމަށެވެ. އަދި އެ ހިދުމަތްތައް ރޭޓު ކުރުމަށް އިޚުތިޔާރީ ހަތަރު ޖަވާބުވެސް ވަނީ ހިމަނާފައެވެ.
އާރްޑީސީގެ ހިދުމަތްތަކާމެދު ރައްޔިތުންގެ ފީޑްބެކް ހޯދާ ފޯމު: https://docs.google.com/forms/d/e/1FAIpQLSd7P3WUlWMvr3_eT9phk0nA5j476sYaF2Bcn8voKko6Yvd9tQ/viewform


