”މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ރާއްޖޭގައި ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ އެ ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްސަދުގައި ފިޝަރީޒް މިނިސްޓްރީއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް، އެމްއެމްއާރްއައިގެ ފަރާތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
މިނިސްޓްރީން މިއަދު ބުނީ 2026 ވަނަ އަހަރުގެ ފުރަތަމަ އަސާސީ މެރިކަލްޗަރ ތަމްރީނު ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ކޯސްކުރިއަށް ގެންދާނީ ކ. މަނިޔަފުށި ރިސާރޗް އެންޓް ޓްރެއިނިންގ ފެސިލިޓީގައި ޖެނުއަރީ 24 އިން ފެބްރުއަރީ 5 އަށެވެ.
މިނިސްޓްރީން ބުނީ މި ކޯހުގެ ބައިވެރިވެވޭނީ ޖުމްލަ 15 ފަރާތަކަށް ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އަންނަ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 14:00 ކުރިން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އައިޑީކާޑުގެ ކޮޕީއާ އެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހަޅަންޖެހޭނެއެވެ.
މީގެ އިތުރުން މިނިސްޓްރީން ވަނީ މި ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްކުން ނަންބަރު 3322242، 9555373 ފޯނަށް ގުޅުމަށް އެދިފައެވެ.



