މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެކުންފުނީގެ މުވައްޒަފުންނަށް ޕޯޓް ސޭފްޓީ ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
އެމްޕީއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހަތަރު ދުވަހަށް ކުރިޔަށްގެންދިޔަ އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ކޯސްޓް ގާޑާ ގުޅިގެން ކަމަށެވެ.
އަދި އެ ޕްރޮގްރާމް ކުރިއަށްގެންދިޔައީ ހަތަރު ބެޗަކަށް ބަހާލައިގެން ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.
އެގޮތުން ކޮންމެ ބެޗެއްގައި 20 ބައިވެރިން ހިމެނޭހެން އެ ކުންފުނީގެ ޖުމްލަ 80 މުވައްޒަފުން ވަނީ އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
އެ ޕްރޮގްރާމުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ހަޒާޑް އެވެއާނެސް އަދި ކުއްލި ހާލަތްތަކުގައި ކަންކުރަން ޖެހޭ ގޮތް ކިޔައިދީފައެވެ.
ހަމައެހެންމެ ޕޯޓް އޮޕަރޭޝަންތަކުގައި ޕްރޮޓެކްޓިވް ގިއަރު ބޭނުންކުރާނެ ގޮތް ވެސް ވަނީ ކިޔައިދީފައެވެ.


