ޕާސްޕޯޓުގައި 6 މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެއެވެ.
އިމިގްރޭޝަނުން މިގޮތަށް އިލްތިމާސްކުރީ ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ގިނަ އަދަދެއްގެ ފަރާތްތަކުން ޕާސްޕޯޓު ހެއްދުމަށް ހުށަހަޅަމުންދާކަން ފާހަގަކުރެވިގެންނެވެ.
އެގޮތުން އިމިގްރޭޝަނުން ވަނީ ދަތުރުގެ ތާރީޚާ ކައިރިވަންދެން މަޑުނުކޮށް، ޕާސްޕޯޓުގައި 6 މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް އެދިފައެވެ.
އޮންލައިންކޮށްވެސް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
ޕާސްޕޯޓުގައި 6 މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް އިމިގްރޭޝަނުން އެދުނުއިރު އަންނަ މަހުން ފެށިގެން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން އެ ފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.
އަދި އެ މެސެޖާއެކު ޕާސްޕާޓު އައު ކުރުމަށް ބޭނުންވާ އެޕްލިކޭޝަން ލިންކުވެސް ފޮނުވާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް، އަންނަ މަހުން ފެށިގެން ޕާސްޕޯޓަށް ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕާސްޕޯޓު ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށްވެސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.



