ފ.ނިލަންދޫގައި މެޑިކަލް ކޭމްޕެއް ބާއްވައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ކޭމްޕް ބާއްވާފައިވަނީ ސްރީލަންކަން ހައިކޮމިޝަނާއި ހެލްތު މިނިސްޓްރީއާ ގުޅިގެން ކަމަށެވެ.
އެ މެޑިކަލް ކޭމްޕް ކުރިއަށްގެންގޮސްފައި ވަނީ ދެ ދުވަހުގެ މުއްދަތަކަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
އެ މެޑިކަލް ކޭމްޕުގައި ކާޑިއޮލޮޖީ، ސައިކިއޭޓްރީ، ޑަރމަޓޮލޮޖީ، އަދި ސާޖިކަލް ސްޕެޝަލިޓީސް ވަނީ ބައިވެރިވެފައެވެ.
އެ މެޑިކަލް ކޭމްޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޝިރުނާއާއި، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާއާއި، ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބައިވެރިވެވަޑައިގެންނެވިއެވެ.



