އައްޑޫ ސިޓީ މަރަދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ހުޅުވައިފިއެވެ.
މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ރަސްމިއްޔާތެއްގައި އެ މިސްކިތް ހުޅުވައި ދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އެވެ.
އައްޑޫ ސިޓީ މަރަދޫގައި އަލަށް ޢިމާރާތް ކުރި މިސްކިތުގެ ނަމަކީ މަސްޖިދުއްރައްޔާންއެވެ.
ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެ އިމާރާތްކުރި އެ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އެ މިސްކިތް ހުޅުވުމަށްފަހު މިއަދު ހުކުރު ޚުޠުބާ ދެއްވީ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.




