އަންނަ އަަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ބޭނުންވާ މުވައްޒަފުން ނެގުމަށް މިއަދު ވޯކް-އިން އިންޓަވިއުތަކެއް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން ބުނީ މި އިންޓަވިއުތައް ކުރިއަށްދާނީ، މިއަދު ހަވީރު 4:00ން ރޭގަނޑު 10:00 އަށް ކަލާފާނު ސްކޫލުގައި ކަމަށެވެ.
އެ ކޮމިޝަނުން ވަނީ، އިއްޔެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި ވެސް މިކަފަ އިންޓަވިއުތަކެއް ކުރިއަށް ގެންގޮސްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިޔުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ދާއިރާއެވެ.
މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވޯކް-އިން އިންޓަރވިއުއަށް ހާޒިރުވާއިރު އައިޑީ ކާޑާއި، ތަޢުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެނައުމަށް އެ ކޮމިޝަނުން އެދެއެވެ.



