އިސްރަށްވެހިންނަށް ހާއްސަކޮށްގެން ރަށްރަށުގައި މަރުކަޒުތަކެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.
މިކަންހާމަކުރައްވާފައި ވަނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އިސްރަށްވެހިންނަށް ހާއްސަ ތަންތަން ރަށްރަށުގައި ހުރުން ވަރަށް މުހިންމު ކަމަށް ފެންނާތީ އެ ތަންތަން އެޅުމުގެ މަޝްވަރާތައް ރަށު ކައުންސިލަތަކާ އެކު ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މިހާތަނަށް 77 ކައުންސިލަކުން އެ ރަށްރަށުގައި އިސްރަށްވެހިންގެ ނާދީ އަޅަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ރަށްރަށުގައި ތަރައްގީކުރާ ނާދީތައްވެސް ހިންގަން ނިންމާފައި ވަނީ މާލޭގައި ކުރީގެ ގުރުއާނާ ބެހޭ މަރުކަޒުގެ ނާދީއާ އެއްގޮތަށް އެ ތަނުން ލިބޭ ހިދުމަތްތައް ރަށްރަށުގެ ނާދީތަކުންވެސް ލިބޭނެ ގޮތަށް ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ނާދީއެއް ހެދިދާނެ ރަށްތަކުގެ މީހުންނާ އެކު ތަމްރީނުތަކެއް ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.



