އައްޑޫ ސިޓީ ފޭދޫގައި ހިންގި ސްޕާއަކުން 5 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އައްޑޫސިޓީ ފޭދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެރަށުގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއް ބަލާ ފާސްކޮށް ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ ދިވެހި 2 ފިރިހެނުންނާއި، ތައިލެންޑް 3 އަންހެނުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެެއެވެ. އެހެންނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.




