އިންޑިނީޝިއާގައި ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 16 މީހުން މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ ހާދިސާ ހިނގާފައި ވަނީ އިންޑޮނީޝިއާގެ ސުލަވެސީ ޕްރޮވިންސްގެ މަނާޑޯގައި ހުންނަ ރިޓަޔާމަންޓް ހޯމެއްގައެވެ.
އެ ހާދިސާ ހިނގާފައި ވަނީ އެ ގައުމުގެ ގަޑިން ރޭ 8:31 ހާއިރުއެވެ.
ދުވަސްވީ މީހުން ބަލަހައްޓަމުން ދިޔަ އެ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާގައި 16 މީހުން މަރުވެ ތިން މީހަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.
ރިޕޯޓުތައް ބުނާގޮތުން އެ ހާދިސާ ހިނގުމާއެކު 12 މީހަކު ވަނީ އެ ހާދިސާގައި ގެއްލުމެއް ނުލިބި އެ ތަނުން ނެރެވިފައެވެ.
އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްފަހު މިހާރު ފުލުހުން ދަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ.



