ހުޅުމާލޭގެ ޝަހީދު އަލީ ސްކޫލް ވަށައިގެން އޮންނަ މަގުތައް އެއްކޮޅަށް ދުއްވޭގޮތަށް ބަދަލުކޮށްފިއެވެ.
އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ޝަހީދު އަލީ ސްކޫލް ވަށައިގެން އޮންނަ (ބެރެބެދިމާ ހިނގުން ގޯޅި 1 އަދި 2) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އަދި މި ބަދަލު ގެނައީ، ޝަހީދު އަލީ ސްކޫލުގެ މަސައްކަތް ނިމި، ދިރާސީ އާ އަހަރާ ދިމާކޮށް ސްކޫލް ހުޅުވުމުގެ ކުރިން، އެ ސްކޫލަށް ދެވޭގޮތަށް އޮންނަ ދެ ގޯޅި (ބެރެބެދިމާ ހިނގުން ގޯޅި 1 އަދި 2) ގެ ޓްރެފިކް ބާރުބޮޑުވުން ހައްލުކުރުމަށް ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނީ އެގޮތަށް ނިންމީ އެ ސަރަހައްދަކީ ސްކޫލު ކުދިން ހިނގާބިނގާވެ އުޅުމަށް ރައްކާތެރި ސަރަހައްދަކަށް ހެދުމަށްޓަކައި ކަމަށެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށެވެ.



