ރާއްޖޭގެ ދެކުނުގެ ރަށްރަށަށް މިއަދު ވިއްސާރަ ކުރިޔަސް، އެހެން ހިސާބުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅު ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މިދިޔަ ހަފްތާއިން ފެށިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް ކަމަށާއި އެ ސަރަހައްދުގެ މޫސުން ރަނގަޅު ވާނެ ކަމަށް ބެލެވެނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިވަގުތު ވެސް އޮތީ ހުދު ސަމާލު ނެރެފައެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވެފައިވަނީ މެދުރާއްޖެތެރޭގެ ރަށްރަށަށް މިއަދު ކެރީގެ އަސަރު ކުރި ނަމަވެސް، މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށެވެ. އަދި ރާއްޖޭގެ އުތުރުގެ ރަށްރަށަށް އުތުރަށް މޫސުން ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.



