އއ.ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް އެވެ.
ތޮއްޑޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް އަޙްމަދު ކަރަމް އެވެ.
މީގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ސީޕްލޭންގެ ޚިދުމަތްތަކާގުޅޭ އިސް މުވައްޒިފުންގެ ޓީމެއް ވަނީ ތޮއްޑޫއަށް ޒިޔާރަތްކޮށް ކައުންސިލާއި އެރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކާއި ބައްދަލުކޮށްފައެވެ.
އަދި ތޮއްޑޫ ކައުންސިލުން ސީ ޕްލޭންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.
އެގޮތުން ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް ސީ ޕްލޭން ދަތުރުތައް ފެށުމަށް ވަނީ ނިންމާފައެވެ.


