އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން(އޯ.އައި.ސީ)ގެ ސަމިޓްގައި ސަރުކާރުގެ ފަރާތުން ބައިވެރިވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ދެންމެ ބުނީ، ދިވެހިރާއްޖޭގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވި ޚާއްސަ މަންދޫބުގެ ގޮތުގައި އިސްލާމީ ކަނތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އޯއައިސީ ސަމިޓްގައި ބައިވެރިވަޑައިގަންނަވާނެކަމަށެވެ.
15 ވަނަ އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް،އިސްލާމިކް މިނިސްޓަރު ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.
މިމަހުގެ 4 އިން 5 އަށް ބާއްވާ މިސަމިޓް އޮންނާނީ ގެމްބިއާގެ ވެރިރަށް ބަންޖޫލްގަ އެވެ. މި ސަމިޓްގައި އޯއައިސީގެ މެންބަރު ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވަޑައިގަންނަވަ އެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރައްވާނީ، އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ ސިޔާސީ،އިގްތިސާދީ، އިންސާނީ، އިޖުތިމާއީ އަދި ސަގާފީ މައްސަލަތަކާއި، ފަލަސްތީނުގެ މައްސަތައް ހައްލުކުރުމާއި ގުޅޭގޮތުންނެވެ.




