އިސްލާމިކް މިނިސްޓްރީއާ މައުމޫން ފައުންޑޭޝަނާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ މައުމޫން ފައުންޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ފަހުމުނާމާއަކީ މިނިސްޓްރީއާ އެ ފައުންޑޭޝަނާއި ގުޅިގެން ކުރިއަށް އޮތްތާ މަސައްކަތް ކުރުމަށް ސޮއިކުރެވުނު ފަހުމުނާމާއެއް ކަމަށެވެ.
މީގެ ކުރިންވެސް މިނިސްޓްރީއާ އެ ފައުންޑޭޝަން ގުޅިގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.



