ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ސާވިސް ކައުންޓަރުތައް މި ފެށުނު ޖެނުއަރީ މަހުގެ 3 ވާ ހޮނިހިރު ދުވަހު އަލުން ހުޅުވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މީލާދީ އައު އަހަރުގެ މުނާސަބަތާ ގުޅިގެން މިއަދު އެ ކުންފުނީގެ ސާވިސް ކައުންޓަރުތައް ބަންދުވާނެ ކަމަށެވެ.
ސާވިސް ކައުންޓަރުތައް ބަންދު ނަމަވެސް، އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރ 1545 ގެ ހިދުމަތް، މި ބަންދު ދުވަސް ތަކުގައި ވެސް މެދުނުކެނޑި 24 ގަޑިއިރު ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯގެ ސާވިސް ކައުންޓަރުތައް ދެން ހުޅުވޭނީ 3 ޖެނުއަރީ ވާ ހޮނިހިރު ދުވަހުގައެވެ.




