މި ފެށުނު 2026 ވަނަ އަހަރުގެ ފުރަތަމަ ފަސިންޖަރަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
މި އަހަރުގެ ފުރަތަމަ ފަސިންޖަރުގެ ލަގަބު ލިބިފައިވަނީ އެތިހާދު އެއާވޭސް އިން ރާއްޖެ އައި ޖަރުމަންގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރޫ ހެލްވެގާ، 54އ. އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އަންހެނުންނާއެކުއެވެ.
މިއީ ތޯމަސް އާއި އޭނާގެ އަންހެނުން ރާއްޖެ އައި ފުރަތަމަ ފަހަރެވެ.
ތޯމަސް އަށް މަރުހަބާ ކިއުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެރައިވަލް އޭރިއާގައި ވަނީ މިއަދު ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. އެ ހަފުލާގައި ތޯމަސް އަށް އެމްއޭސީއެލްގެ ފަރާތުން މަރުހަބާ ވިދާޅުވީ ޕެސެންޖާ ސާވިސަސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުސްތާގުއެވެ.

މި ހަފުލާގައި ތޯމަސް އަށް ވަނީ އެމްއޭސީއެލްގެ ފަރާތުން ހާއްސަ ހަދިޔާއެއް ދީފައެވެ.



