މުދައްރިސުންގެ ޕްރޮމޯޝަން ޙައްޤުވާ ދުވަހުން ފެށިގެން ދިނުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ސްކޫލްތަކަށް އަންގަވައިފިއެވެ.
މިނިސްޓަރު ޝަފީޢު މިގޮތަށް އަންގަވާފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައެވެ.
އެ ސާކިއުލާގަައި މިނިސްޓްރީން އަންގާފައިވަނީ މުދަރިސުންނާއި އަދި ތަޢުލީމީ ދާއިރާގެ ފަންނީ އެހެނިގެން މުވައްޒަފުންގެ ސެޓެޕް ޕްރޮމޯޝަން، ޕޭ ފްރޭމްވަރކްގައި ބަޔާންކޮށްފައިވާ ގޮތަށް މުވައްޒަފުންނަށް އެ ޕްރޮމޯޝަން ޙައްޤުވާ ތާރީޚުން ފެށިގެން ދިނުމަށެވެ.
އެ މިނިސްޓްރީގެ ދެންނެވުގައި ފާހަގަކޮށްފައި ވަނީ، މުސާރައިގެ ކުރިއެރުން ޙައްޤުވާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސަސް މެނޭޖްމަންޓް ޑިވިޒަނާ ގުޅިގެން ސްކޫލްތަކުން ކުރިއަށް ގެންދިއުމަށް މިނިސްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
މިގޮތުން އެ މަސައްކަތް 2026 ޖެނުއަރީ 31ގެ ނިޔަލަށް ނިންމަން ވާނެ ކަމުގައި ވެސް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި އަންގާފައިވެއެވެ.



