ވޭސްޓް މޭނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ) އިން ފޮޅާ ސަފުކުރުމުގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.
މިކަމާއި ގުޅެގޮތުން ވެމްކޯއިން ބުނީ، އެކުންފުނިން ދެމުން ގެންދާ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ފޮޅާ ސާފުކުރުމުގެ ޚިދުމަތް ވަރަށް އަވަހަށް ފަށަން ނިންމާފައިވާކަމަށެވެ. އެގޮތުން، މިޚިދުމަތް ފަށާއިރު ސަރުކާރުގެ އިދާރާތާކާއި އޮފީސްތަކުން ފެށިނަމަވެސް، އެ ޚިދުމަތަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު އިތުރަށް ފުޅާކުރާނެކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.
މިވަގުތު މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ 9 ސަރަހައްދެއްގައި ވެމްކޯއިން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި އިތުުރު ސަރަހައްދުތަކުގައި ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.



