މި އަހަރު 4 އަތޮޅެއްގައި އިސްރަށްވެހިންގެ ނާދީ ހުޅުވާނެ ކަމަށް އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްރަށްވެހިންގެ ނާދީ ތަރައްޤީ ކުރުމާއި ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ މާލެއާއި ހުޅުމާލޭގައި ހުޅުވާފައިވާ އިސްރަށްވެހިންގެ ނާދީތަކުގައި މުހިންމު ގިނަ ހަރަކާތްތަކެއް ކުރިއަށްދާ ކަމަށެވެ.
އެގޮތުން އިސްރަށްވެހިންނަށް ޚާއްސަ ކޮށްގެން ތަފާތު އެކި މުބާރާތްތައްވެސް އެ ނާދީތަކުގައި ހިނގަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.
މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެެރޭގައި އިސްރަށްވެހިންގެ ޖަގަހަތައް ޤާއިމް ކުރުމަށް އަތޮޅު ކައުންސިލްތަކާއެކު މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ކައުންސިލްތަކުގެ ވަރަށް ބޮޑު ޝައުޤުވެރިކަމެއް މިކަމަށް އެބައޮތް ކަމަށެވެ.
މާލެ ސަރަހައްދުގެ އިތުރުން މި އަހަރު އިސްރަށްވެހިންގެ ނާދީ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ، ލ. އަތޮޅު، ދ.އަތޮޅު، ރ. އަތޮޅު އަދި ށ. އަތޮޅުގައި ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އެ ރަށްރަށުގައި ތަރައްގީކުރާ ނާދީތައް ކައުންސިލްތަކުން ހިންގަން ހާވާލުކުރަން ހަމަޖެހިފައި ވާއިރު ނާދީއެއް އުފެދިދާނެ ތަންތަނުގެ މީހުންނާ އެކީގައި ތަމްރީނުތަކެއް ހިންގާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެެއެވެ.




1 Comment
އިސްރަށްވެހިންގެ ނާދީ މި ކޯއްޗެއްކަން ކިޔާލަ ދޭން ރަނގަޅު