ތިލަދުންމަތީ އުތުރުބުރީ ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލްގެ ފަރާތުން މިކަންހާމަކުރައްވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ.
ސީއީއޯ ޝަރީފް ވިދާޅުވީ ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތަައްވުމުގެ ގޮތުން މިހާރު ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރ ދިއްދޫއަށް ގެންގޮސްފައިވާ ކަަމަށެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ދިއްދޫ އެއަރޕޯޓުގެ ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަަމަށެވެ.
ދިއްދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 102.73 ހެކްޓަރުގެ ބިން ހިއްކާނެއެވެ.



