ފުލުހެއްގައި ގައިގައި ޖަހައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ރޭގައި ނެރުނު ކޯޓު އަމުރުގައިވާ ގޮތުން، އެ މައްސަލައިގައި ހައްޔަރުކުރީ ނ. މާފަރު، ވައިމަތީގެ / އަލީ ރިއުސާން (40އ.) އެވެ.
ބަންދު އަމަރުގައި ބުނެފައިވާގޮތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރިއުސާން 10 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ރިއުސާންގެ މައްޗަށް ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
ރިއުސާންއަކީ ހައްޔަރާއި ބަންދު އަމުރުގެ ރެކޯޑް އޮތް ފަރާތެއް ކަމަށާއި އަދި ކުށް ތަކުރާރުކުރުމުގެ އިހުމާލު މަތީ ދަރަޖައަކަށް އޮތް ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.
ހެރޮއިންއާއި ޑައިމޯފިން ވެސް ބޭނުންކުރާކަމަށް ކުރިން އިއުތިރާފްވެފައިވާ ރިއުސާންގެ މައްޗަށް ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ ޑުރަގު ކޯޓުން ކުރިން ކޮށްފައި ވެސް ވެއެވެ.



