މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 13:00 އިން ފެށިގެން މިރޭ 19:00 އާއި ހަމައަށެވެ.
އަދި އެ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން މެޓުން ބުނީ ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވުން އެކަށީގެންވާކަމަށެވެ.
މެޓުން ބުނީ ރާއްޖޭގެ މޫސުން އާންމުގޮތެއްގައި މިއަދު ރަނގަޅުވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި މެދު ރާއްޖެތެރެއާ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.



