އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގައި ހަދަމުންދާ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.
މި މަސައްކަތް ފައްޓަވާދެއްވީ ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.
ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްގެ އިތުރުން މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އާރްޑީސީން ބުނި ގޮތުގައި މި މަޝްރޫޢުގެ %89 މަސައްކަތްވަނީ މިހާރުވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން ކުރަމުންދާ މަސައްކަތްތައް:
° ތާރު އަޅައިގެން މަގުތައް ތަރައްޤީ ކުރުން
° ކެރިއޭޖްވޭ އަދި ސައިޑްވޯކްގެ މަސައްކަތް
° މަގުމަތީގައި ހުންނަ ކާނުތަކާއި ސްޓޯރމް ވޯޓަރ މަނޭޖްމަންޓް ސިސްޓަމްގެ ގާއިމު ކުރުން
° ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން
° މަގު ބައްތި ހަރުކުރުން
° މިހާރު ހުރި މަގުތަކުގައި ސްޓްރީޓް ލައިޓް ހަރުކުރުން
° މިހާރު ހުރި މަގުތަކުގައި ސްޕީޑް ބްރޭކަރ ހެދުމުގެ މަސައްކަތް
° ޒީބްރާ ކްރޮސިންގްސް މާކު ކުރުން
މަސައްކަތްތަކުގެ އަދާހަމަ:
– ޖުމްލަ 6 މަގެއް ހިމެނޭހެން 4.8 ކިލޯމީޓަރ
ކޭބަލް ޖަންޝަނާ ހޮޅި އެޅުމުގެ މަސައްކަތް ނިމިފައި
ދުވާރާއި ކާރބް ސްޓޯންޖެހުމުގެ %99 މަސައްކަތް ނިމިފައި.
– ސެޓްލްމަންޓް ޓޭންކާއި ހޮޅި އެޅުމުގެ މަސައްކަތް ނިމިފައި
– ތާރު އެޅުމުގެ ކުރިން އަޅާ އޭބީސީ ފަށަލައިގެ މަސައްކަތް ނިމިފައި
– ޕަމްޕް ސްޓޭޝަންތަކުގެ %61 މަސައްކަތް ނިމިފައި
މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ގައެވެ. މިއީ ޖުމްލަ 95،043،314.41 ރުފިޔާގެ މަޝްރޫޢެކެވެ.




