އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ”ނޫރުލް އަޛާން 1447“ ބަންގި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކައުންސިލުތަކަށް ފޮނުވި ސާކިއުލަރ އެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ބަންގި މުބާރާތް ”ނޫރުލް އަޛާން 1447“ 2026 ވަނަ އަހަރު ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މިފަހަރުގެ މި މުބާރާތް ރޭވިފައިވަނީ ކޮންމެ އަތޮޅެއް ތަމްސީލުކުރާގޮތަށް ބައިވެރިއަކާއެކު ޖުމްލަ 19 އަތޮޅުން 19 ބައިވެރިންނާއެކު ކުރިއަށް ގެންދާގޮތަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ތަށް ބައިވެރިއަކާއެކު ޖުމްލަ 19 އަތޮޅުން 19 ބައިވެރިންނާއެކު ކުރިއަށް ގެންދާގޮތަށް ކަމަށެވެ.
އެހެންކަމުން ”ނޫރުލް އަޛާން 1447“ ބަންގި މުބާރާތުގައި އަތޮޅު އޮޑިޝަންގައި ބައިވެރިކުރައްވާނެ ފަރާތްތަކުގެ މަޢުލޫމާތު 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އަށް ފޮނުވައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި އެދިފައި ވެއެވެ.



