ހުޅުމާލެ ފޭސް-1 ގައި ތިންއުޅަނދެއްޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ފޭސް-1 ރީތިމަގުގައި ކާރަކާއި، ވޭނަކާއި، އެމްޓީސީސީ ބަހެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނޭ މިރޭ 20:30 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާއަށް އަނިޔާވެގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަކަމަށާއި، އޭނާއަށް ސީރިއަސްއަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



