މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ފަސް ބިދޭސީއަކު ހައްޔަރުކޮށް، ޑީޕޯޓުކުރަން މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭގައި ބަނގުރާ އުފައްދައި، ގެންގުޅެ ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރީ ޑުރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
° ޑިއު ކުމަރް މެޔޮންގްބަ، ނޭޕާލް (30އ)
° ސުމަން އަދިކަރި ، ނޭޕާލް (26އ)
° މޮޒައްމެލް، ބަންގްލަދޭޝް (43އ)
° ރާމްޖި ޕަރިޔަރް. ނޭޕާލް (38އ)
° ބިކްރަމް ނެޕަލި، ނޭޕާލް (27އ)
މި ފަސް މީހުންވެސް ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގެ ތެރެއިން މާލޭގެ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކަކާއި ބަނގުރާ އުފައްދަން ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުން ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.




