އަހަރުގެ ފުރަތަމަ ހަ ދުވަހު 43،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ 6 ދުވަހު ރާއްޖެއަށް 43,481 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 37,928 ފަތުރުވެރިންނާ އަޅާ ބަލާއިރު 14.6 އިންސައްތައިގެ ކުރިއެރުމެކެވެ.
މި މުއްދަތުގެ ތެރޭގައި ޖަނަވަރީ އެއްވަނަ ދުވަހު 1 5,929 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާއިރު ޖަނަވަރީ 2 ވަނަ ދުވަހު 7,655 ފަތުރުވެރިން އަދި ޖަނަވަރީ 3 ވަނަ ދުވަހު 8,082 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މީގެ އިތުރުން ޖަނަވަރީ 4 ވަނަ ދުވަހު 7,930 ފަތުރުވެރިން އަދި ޖަނަވަރީ 5 ވަނަ ދުވަހު 6,136 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާއިރު
ޖަނަވަރީ 6 ވަނަ ދުވަހު ވަނީ 7,749 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެ މުއްދަތުގެ ތެރޭގައި އެ ގައުމުން ރާއްޖެއަށް 9137 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާއިރު އިޓަލީވިލާތުން 7047 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އިނގިރޭސިވިލާތުން 2,859 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.



