ވޭސްޓް މެނޭޖްމަންޓް ކޯޕޮރޭޝަން (ވެމްކޯ) ގެ ޚިދުމަތް ތިނަދޫ ސިޓީގައި ފަށަން ތައްޔާރުވުމުގެ ގޮތުން، އެެ އޮޕަރޭަންތަަކަށް ބޭނުންކުރާނެ ވެހިކަލްތައް ތިނަދުއަށް ފޮނުވައިފި އެވެ.
ވެމްކޯ އިން ބުނީ ތިނަދޫގެ ވޭސްޓް ކަލެޝަން ފެށުމަށް ބޭނުންވާ ވެހިކަލްތައް އެރަށަށް އިއްޔެ ފޮނުވަން ފަށާފައިވާކަމަށެވެ.
ވެމްކޯއިން ދަނީ ތިނަދޫގެ ގޭބިސީތަކުން ކުނި ނެގުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ގޭބިސީތަކަށް ގޮސް އޮޕަރޭޝަނާއި ބެހޭ މައުލޫމާތު ދިނުމާއި، ޚިދުމަތަށް އެދި ރަޖިސްޓްރީކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.
ވެމްކޯއިން ބުނެފައިވަނީ، ކުރިއަށް އޮތް 2 ހަފްތާއެއްހާ ތެރޭގައި ތިނަދޫ ސިޓީގައި ވޭސްޓް ކަލެކްޝަން ރަސްމީކޮށް ފެށޭވަރުވާނެކަމަށެވެ. އަދި މި ޚިދުމަތް ފެށުމާއެކު ތިނަދޫ ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.




