މޯލްޑިވްސް ޕޮލިޓެކްނިކްގެ ޖެނުއަރީ އިންޓޭކް 2026ގައި ބައިވެރިވެ، ރާއްޖެއަށް މުހިއްމު އެކި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ފުރުސަތު ހުޅުވާލާފައި ވަނީ އެއްވެސް ފީއަކާއި ނުލައި މުޅިން ހިލޭއެވެ.
ސެޓްފިކެޓް 1 އިން ފެށިގެން ޑިޕްލޮމާއާއި ހަމައަށް އާކިޓެކްޗަރ، ސިވިލް އިންޖީއަރިންގ، ވެލްޑިންގ، ޕްރޮގްރާމިންގ، ހެޔަރ އެންޑް ބިއުޓީ ތެރަޕީ، ކާޕެންޓްރީ، އިލެކްޓްރީޝަން، ވުޑް ކަރވިންގ، ޖްވެލްރީ ޑިޒައިން ފަދަ ދާއިރާތަކުން، ތަމްރީނުވުމަށް ވަނީ ހުޅުވާލާފައެވެ.
މި ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓަށް ޒިޔާރަތްކުރައްވައިގެން ޖެނުއަރީ އިންޓޭކް 2026ގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.


