ފުވައްމުލައް ސިޓީގައި މާރާމާރީއެއް ހިންގައި ޒުވާނެއްގެ ބޯ ފަޅާލައިފިއެެވެ.
ފުލުހުން މިއަދު ބުނީ ފުވައްމުލަކުގައި ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު ރޭ 19:35 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެ މާރާމާރީގައި އަނިޔާވެފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން މި މާރާމާރީގައި އޭނާގެ ބޯފަޅައިގެން ދިއުމުގެ ސަބަބުން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.



