އައްޑޫ ސިޓީ، ފޭދޫން ޒުވާން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ސ. ފޭދޫ، ހަމްދަރުދީގެ، ޙައްވާ ރާއިދާ މުނީރު (19އ) އެވެ.
ފުލުހުން ބުނީ ޙައްވާ ރާއިދާ މުނީރު ހޯދަމުންދަނީ 2026 ޖެނުއަރީ 08 ވަނަ ދުވަހުގެ މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް 2026 ޖެނުއަރީ 08 ވަނަ ދުވަހުގެ 14:52 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ކަމަށެވެ.
އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން ފުލުހުން ވަނީ ޙައްވާ ރާއިދާ މުނީރާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަން ނަންބަރު 9792058 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.




