ނެސްލޭ އިންފެންޓް ފޯމިއުލާގެ ބެޗުތަކެއް ތަޣައްޔަރުވެ އޭގެން ވިހަ މާއްދާއެއް ފެނިފައިވާތި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން އެ ބެޗުތަކުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށްފިއެވެ.
އެ އޮތޯރިޓީން މިއަދު ބުނީ ނެސްލޭއިން އުފައްދާފައިވާ ”އެސްއެމްއޭ“ މަރުކާގެ އިންފެންޓް ފޯމިއުލާ އާއި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗުތަކުން ވިހަ މާއްދާއެއް ފެނިފައިވާތީ، އެ ތަކެތި ބާޒާރުން ނެގުމަށް ނިންމާފައިވާކަން، އެ ކުންފުނިން އިއުލާން ކޮށްފައިވާ ކަމަށެވެ.
”ސެރެއުލައިޑް“އަކީ ބެސިލަސް ސީރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ. އެ މާއްދާ އިން ތަޣައްޔަރު ވެފައިވާ އެއްޗެއް ބޭނުން ކުރެވިއްޖެ ނަމަ މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ދިމާވެއެވެ.
އެހެންކަމުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެ އުފެެއްދުންތައް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
– އެޑްވާންސް ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
– އެސްއެމްއޭ އެޑްވާންސް ފޮލޯ އޮން މިލްކް 800 ގުރާމް
– އެސްއެމްއޭ އެންޓި ރެފްލަކްސް 800 ގުރާމް
– އެސްއެމްއޭ އަލްފަމިނޯ 400 ގުރާމް
– އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
– އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 400 ގުރާމް
– އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 1.2 ކިލޯ ގްރާމް
– އެސްއެމްއޭ ލިޓުލް ސްޓެޕް ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
– އެސްއެމްއޭ ކޮމްފޮޓް 800 ގުރާމް
– އެސްއެމްއޭ ފަސްޓް އިންފެންޓް 200 މިލި ލީޓަރު
– އެސްއެމްއޭ ފަސްޓް އިންފެންޓް 70 މިލި ލީޓަރު
– އެސްއެމްއޭ ލެކްޓޮސް ފްރީ 400 ގްރާމް



