ސްކޫލް ބަންދާއި ދިމާކޮށް އޭސް ޓެރެވެލްސް މޯލްޑިވެްސް އިން ސިންގަޕޫރަށް ޚާއްސަ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.
އެކުންފުނިން ބުނީ، އޭސް ހޮލިޑޭސްގެ ނަމުގައި ތައާރަފުކުރި މި ޕެކޭޖުގެ އަގަކީ 430 އެމެރިކާ ޑޮލަރުކަަމަށެވެ. އަދި ޕެކޭޖުގެތެރެއިން އެއާޕޯޓްދަތުރާއި، 4 ދުވަހާއި ފަސް ރޭ ސިންގަޕޫރު ހޮޓަލެއްގައި ހުރުން ހިމެނެއެވެ އަދި، ދަތުުރުގެތެރެއިން ސިންގަޕޫރުގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރުމުގެ ފުުރުސަތުވެސް ލިބޭއިރު ގާޑެން ބޭއި އަށް ޒިޔާރަތްކުރުމާއި، ޔުނިވާސަލް ސްޓޫޑިިއޯގައި އެއްދުވަސް ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބުނެފައި ވެއެވެ.
މި ޕެކޭޖުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ބުކިންގް ހެއްދޭނެއެވެ. ޕެކޭޖް ގަންނަން ބޭނުންވާ ފަރާތްތަކުން އެކުންފުނީގެ ވަޓްސްއެޕް ނަންބަރު 7330572 ނުވަތަ މެސެޖްކޮށްގެން ނުވަތަ އެކުންފުނީގެ މެއިލް މެދުވެރިކޮށް މައުލޫމާތު ހޯދުމާއި ދަތުރު އިންތިޒާމުކުރުމުގެ ކަންކަން ހަމަޖައްސާލެވޭނެކަމަށް ބުނެފައި ވެއެވެ.



