ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ހައިކޯޓު ކޯޓު ތަމުސީލުކުރައްވާ ފަނޑިޔާރަކަށް، އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ހަމަޖައްސަން އެ ކޯޓުން މިއަދު ނިންމައިފިއެވެ.
ފަނޑިޔާރު ޝަފީއު އެ މަގާމަށް ހަމަޖައްސަން އިންތިހާބުކޮށްފައިވަނީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ނެގުނު ވޯޓަކުންނެވެ.
ހައިކޯޓުން ޝަފީއު އެ މަގާމަށް އިންތިހާބުކުރި ނަމަވެސް ޖޭއެސްސީއަށް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ދެހާސް ވިހިވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރި ޝަފީއުއަކީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ (އެލްއެލްބީ) ޙާޞިލުކުރައްވައި، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޝަފީޢު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވީ 2020 އޮކްޓޫބަރު 4، ގައެވެ. ޝަފީޢު އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 27 އޮކްޓޫބަރު 2013 ގައި ފެމިލީ ކޯޓުގެ ގާޟީކަމަށެވެ.




