ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕިއެންސީ) ގެ މައި އޮފީސް ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
އާޓިފިޝިއަލް ބީޗް ކުރިމަތީ ހ. ވެޔޮވިލާގައި ދެ ފަންގިފިލާއަށް ހަދާފައިވާ މި އޮފީސް ހުޅުވާ ދެއްވީ ޕީއެންސީގެ ރަައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ޕީއެންސީ ގެ މައި އޮފީސް ވެގެންދާނީ، ޑިމޮކްރަސީގެ ރީތި އުސޫލުން ސިޔާސީ ޕާޓީއެއް ޒިންމާދާރުކަމާއެކު ހިންގުމަށް މުހިންމު ވަސީލަތަކަށް ކަމަށާއި ޕީއެންސީ އޮފީސް އިމާރާތުގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމަށެވެ.
”އެހެންކަމުން މި އިމާރާތް މިހާ ފުރިހަމައަށް ހަދައި، ޕާޓީގެ މެންބަރުންނަށް ބޭނުން ކުރެެވޭނެ ގޮތަށް މަގުފަހި ކުރުމަށްޓަކައި މި ކުރެވުނު މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން.“ ރައީސް ވިދާޅުވިއެވެ.




