”އިންޑަސްޓްރިއަލް ވިލެޖް ކްލީން އަޕް“ގެ ނަމުގައި ބޭއްވި ހަރަކާތުގައި ގިނަ އިދާރާތަކެއް އެކުވެ އިންޑަސްޓްރިއަލް ވިލެޖް ސާފުކޮށްފި އެވެ.
އިއްޔެ ފެށި ދެދުވަހުގެ ސާފުކުރުމުގެ މި ހަރަކާތް ކުރިޔަށް ގެންދިޔައ، ވެމްކޯއާއި، މާލެ ސިޓީ ކައުންސިލާއި، ހައުސިން މިނިސްޓްރީއާއި،ފުލުހުންނާއި، ލޯކަލް ގަވަމަންޓު މިނިސްޓްރީ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ގުޅިގެންނެވެ. މިހަރަކާތުގައި މި އިދާރާތަކުގެ މެނޖްމެންޓްގެ ބޭފުޅުންނާއި މުވައްޒަފުން ބައިވެރިވި އެވެ.
ވެމްކޯއިން ބުނީ މިއީ މިއީ ނުވަ މަސް ދުވަހުގެ ތެރޭގައި އެ ސަރަހައްދު ސާފުކުރަން ޖެހުނު ތިން ވަނަ ފަހަރު ކަމަށެވެ.
މާލޭގެ އެކި ސަރަހައްދަކީ ރައްޔިތުން ދިރިއުޅެން ސާފު ވެެއްޓެއްގެ ގޮތުގައި ބޭއްވުމަށް އިދާރާތައް ދަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ. މާލެ ސިޓީގެ އެކި ސަރަހައްދުތަކަށް އާންމުން ކުނި އަޅާ މައްސަލަ ބޮޑުވެ، ފުލުހުންނާއި ސިޓީ ކައުންސިލުން ގުޅިގެން އެފަދަ ފަރާތްތައް ހޯދާ ޖޫރިމަނާވެސް ކޮށްފައި ވެއެވެ. އަދި ސިޓީ ކައުންސިލުން ދަނީ މެދު ކެނޑުމެއްނެތި މާލޭގެ މަގުތަކާއި ހުސްބިންތަކާއި ސިނާއީ ސަރަަހައްދުތަކަށް އަޅާފައި ހުންނަ ކުނި ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސިޓީ ކައުންސިލުން ވަނީ މާލޭ މަގުމައްޗަށް ކުނި ނޭޅުމަށް އިލްތިމާސްކޮށްފަ އެވެ.




