މި އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު 7 ރިސޯޓެއް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މި އައު ރިސޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ ޢަދަދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.
މި އަހަރު ރާއްޖޭގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ރިސޯޓުތައް ހިމެނޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ރ. ރަންފުށީގައި ހުޅުވާ ބުލްގާރީ ބްރޭންޑުގެ ރިސޯޓާއި، ސިކްސް ސެންސަސް ކަނުހުރާ (ރަށްގިރި) އަދި ދިންމާގާ މޯލްޑިވްސް ވެސް ހިމެނެއެވެ.
މިއަހަރުގެ ތެރޭގައި 7 ރިސޯޓެއް ހުޅުވުމަށް ހަަމަޖެހިފައިވާއިރު، މިދިޔަ އަހަރު ރާއްޖޭގައި އައު 6 ރިސޯޓެއް ވަނީ ހުޅުވާފައެެވެ. އޭގެތެރޭގައި ކ. ބޮލިދުއްފަރުގައި ހުޅުވި މަންޑަރިން އޮރިއެންޓަލް މޯލްޑިވްސްއާއި، ހއ. މަކުނުދޫ ފަޅުގައި ހުޅުވި ސޮނޭވާ ސީކްރެޓް އަދި ބ. އަތޮޅުގެ ނިއުހީ އެޓް ދިގުފަރު ހިމެނެއެވެ. މީގެ އިތުރުން މާލޭގައި ހުޅުވި ފަސް ތަރީގެ ރަލް ރީފް ރިސޯޓު ބައި ބާސެލޯއާއި، ރިއު ޕެލަސް ރިސޯޓުވެސް ފާހަގަކޮށްލެވެއެވެ.



