ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އިސްވެރިން ރ. ހުޅުދުއްފާރު ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އާރްޑީސީން ބުނީ، ހުޅުދުއްފާރު ކައުންސިލުގެ މެންބަރުން ވަނީ މިއަދު އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަދި އިސްވެރިންނާ ބައްދަލު ކުރައްވާފަ ކަމަށެވެ.
މި ބައްދަލުވުމުގައި އާރްޑީސީން އެ ރަށުގައި މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން ދެ ފަރާތުގެ މެދުގައި މަޝްވަރާ ކުރެވުނެވެ.
އާރްޑީސީން ހުޅުދުއްފާރުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ހުޅުދުއްފާރު ސްކޫލު ނިންމުމުގެ މަސައްކަތާއި އެ ރަށު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
މ މަޝްރޫއުތަކާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި އާރްޑީސީއާއި ކައުންސިލު މެންބަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.




