ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ދެ ރަށުގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމުގެ އުސޫލު މިދިޔަ ޑިސެމްބަރު މަހުގެ 24ވަނަ ދުވަހު ވަނީ އާއްމުކޮށްފައެވެ.
ހައުސިންގް މިނިސްޓްރީން ބުނީ ތުޅާދޫ އާއި ވިލުފުށީގައި ސަރުކާރުން ތަރައްޤީކުރި ރޯހައުސްތަކަށް އެދި ފޯމު ހުށައެޅޭނީ ”ހިޔާވަހި“ ޕޯޓަލް މެދުވެރިކޮށްކަމަށެވެ. ފޯމު ހުށައެޅުމަށް ހުޅުވާލާފަވަނީ މިއަދުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަށެވެ.
އަތޮޅުތަކުގެ ރަށްތަކުގައި އަސާސީ ބޯހިޔާވަހިކަން އެއް އުސޫލެއްގެ ދަށުން ދޫކުރުމަށް، އެ މަސައްކަތް މިހާރު ކުރިއަށްގެންދަނީ ސީދާ ހޯމް މިނިސްޓްރީން ނެރޭ ގެދޮރުވެރިކަމުގެ އުސޫލާ އެއްގޮތަށެވެ.



