އުފެއްދުންތެރި ނަޒަރަކުން އޭއައި ބޭނުންކުރަން ދަސްކޮއްދޭ ވޯކްޝޮޕެއް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ)ގެ ފަރާތުން ބޭއްވުމަށް ނިންމައިފިއެވެ.
މި ވޯކްޝޮޕް ކުރިޔަށްދާނީ 15 ފެބްރުއަރީ 2026ވާ އާދިއްތަ ދުވަހުގެ ހެދުނު 8 އިން ފެށިގެނެވެ.
އެއްދުވަށް ފަރުމާކޮއްގެން ހިންގާ މި ޕައިލެޓް ޕްރޮގްރާމަކީ މުޅި ޓޫރިޒަމް ސިނާޢަތުގެ މީހުން ބިނާކުރުމުގެ ގޮތުން އިސްނެގިގެން ގެންދެވޭ، އަދި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ އެކި ފަންތީގެ ބޭފުޅުން ދުވަހު މަސައްކަތުގައި ސަލާމަތްކަމާއި، ޒިންމާދާރު އަދި އުފެއްދުންތެރި ގޮތެއްގައި އޭއައި ބޭނުންކުރަން ދަސްކޮދޭ ޕްރޮގްރާމެއް ކަމުގައި މަޓާޓޯއިން ބުންޏެވެ.
އޭއައި އަކީ މިހާރުވެސް ޓޫރިޒަމް ސިނާއަތުގައި ހަލުވިކަމާއި އެކު ބޭނުން ކުރެވޭ ވަސީލަތަކަށްވީނަމަވެސް ނުރަނގަޅު އަދި ރައްކާތެރިކަން ކުޑަގޮތަށް އޭއައި ބޭނުން ކުރެވިއްޖެނަމަ، ނުރަނގަޅު ގޮތެއްގައި ގެސްޓުންނާއި ވިޔަފާރީގެ މަޢުލޫމާތު ހާމަވެ، މީގެސަބަބުން ޤާނޫނީ މައްސަލަ، ކުންފުނީގެ އަގު އަދިވެސް އިތުރު ރިސްކަށް ވިޔަފާރި ވެއްޓިގެން ދިއުންގާތެވެ.
މި ވޯކްޝޮޕުން ބައިވެރިންނަށް މުވާސަލާތުގެ ފެންވަރު ރަނގަޅުވެ، ހިންގުން ހަރުދަނާވެ، ގޮތްނިންމުން ހަރުދަނާވެ، މީގެ އިތުރުންވެސް އެކި ޤާނޫނާއި ޤަވާއިދުތަކަށް ތަބާވެވި، ރަނގަޅު ގޮތުގައި އޭއައި ބޭނުން ކުރަން ދަސްވެގެން ދާނެ ކަމުގައި މަޓާޓޯއިން ބުނެފައިވެއެވެ.
ބައިވެރިންނަށް ދަސްވެގެންދާނެ ކަންތައްތައް:
° ރައްކާތެރިގޮތުގައި އޭއައި ބޭނުން ކުރަން ދަސްވުން
° ދުވަހު މަސައްކަތްތަށް އަވަސްވުން
° އެކި އެކި މުޢާމަލާތުގެ ފެންވަރު ރަނގަޅުވުން
° ސުޕަވައިޒަރުންނަޝާއި މެނޭޖްމަންޓަށް ރަނގަޅުގޮތް ނިންމަން އެހީވެދިނުން
° ޒިންމާދާރު ގޮތެއްގައި އޭއައި ބޭނުން ކުރަން ކެރެން
މި ވޯކްޝޮޕްގައި ހެމެނިގެންދާނެ ބައިތައް:
° އޭއައިގެ އަސާސީކަންކަމާއި ބޭނުންކުރެވޭނެ ޓޫލްސްތަށް
° ކޮމްޕްލައިންސް، ސިއްރުހިފެހެއްޓުން، ރިސްކް މެނޭޖްމަންޓް
° ނަން ނޭގޭގޮތަށް ރައްކައުތެރިގޮތުގައި ޑާޓާ ގެންގުޅެން ދަސްވުން
° ހަމަޖެހޭގޮތުގައި ރަނގަޅު ސުވާލުކުކޮށް އުފެއްދުންތެރިކަން އިތުރުކުރުން

މާޓާޓޯއިން ބުނި ގޮތުގައި ތިރީގައިފާ ސްޓެޓީޖިކް ޕާރޓްނަރ އޯގަނައިޒޭޝަންތަކަށް، މި ވޯކްޝޮޕްގައި ބައިވެރިވުމުން ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.
– ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން. (އެންއެޗްޖީއޭއެމް)
– ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް. (އެންބީއޭއެމް)
– އިންޓަނޭޝަނަލް ހަލާލް ޓޫރިޒަމް އޯގަނައިޒޭޝަން. (އެއިއެޗްޓީއޯ)
– އިންޓަނޭޝަނަލް ސްޓޫޑަންޓް އައިޑެންޓިޓީކާރޑް ހޯލްޑަރސް. (އައިއެސްއައިސީ)
ވޯކްޝޮޕްގައި ބައިވެރިވުމުގެ ފީ:
· ޕްރޮގްރާމްގެ ބައިވެރިވުމުގެ ފީ: 150 އެމެރިކާ ޑޮލަރު
· ސްޓެޓީޖިކް ޕާރޓްނަރ މެންބަރުންގެ ފީ: 100 އެމެރިކާ ޑޮލަރު
ފީގެ ތެރޭގައި މެންދުރު ކެއުމާއި، ސަޔާއި ކޮފީ ވެސް ލިބިގެން ދާނެއެވެ.
މި އިވެންޓް ޕާރޓްނަރުންނަކީ:
· އޮފިޝަލް ޓްރެވަލް ޕާރޓްނަރ: އޭސް ޓްރެވަލް މޯލްޑިވިސް
· އޮފިޝަލް ހޯސްޓް ޕާރޓްނަރ: މޫކައި ހޮޓެލްސް
· ސަޕޯޓިންގް ޕާރޓްނަރ: ރިސޯޓްލައިފް ޓްރެވަލްސް
މި ވޯކްޝޮޕަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަރާތްތައް ކަމަށްވާ ޓްރެވަލް އެޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި، ގެސްޓްހައުސްތަކާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އިތުރުން ރިސޯޓްތަކާއި މި ދާއިރާގައި މަސައްކަތްކުރާ ޒުވާން ހުނަރުވެރިން އެއް ފުރާޅެއްގެ ދަށަށް ގެނެސްދޭނެ ވޯކްޝޮޕެކެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތުގެ ގާބިލުކަން އިތުރުކޮށް، މުސްތަގުބަލުގެ ގޮންޖެހުންތަކަށް މި ދާއިރާ ތައްޔާރުކުރުމަށް މަޓާޓޯއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ބާއްވާ ވޯކްޝޮޕެއް ކަމުގައި އެ އިދާރާއިން ބުންޏެވެ.


