ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބަލަހައްޓަމުންގެންދާ ދިވެހިރައްޔިތުންގެ މަޢުލޫމާތު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ ހިއްސާކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ 13ވަނަ ދުވަހުއެވެ.
މި އެއްބަސްވުމުގެ މަޤްސަދަކީ، ބޭންކުގެ ޚިދުމަތް ހޯދާ ކަސްޓަމަރުންގެ މަޢުލޫމާތު، ޑީ.އެން.އާރުގެ އޭ.ޕީ.އައި ލިންކް މެދުވެރިކޮށް ވެރިފައިކުރުމެވެ.
މިގޮތުން ޑީއެންއާރުން ބަލަހައްޓަމުން ގެންދާ މަޢުލޫމާތު ވެރިފައިކުރުމުން، ބޭންކުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އަވަސްވެ އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ޑީއެންއާރުން ވަނީ 2025 ވަނަ އަހަރު ބޭންކު އޮފް މޯލްޑިވްސް އާއި ވެސް މަޢުލޫމާތު ހިއްސާކުރުމުގެ މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.




