ޕީކް ސޯޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން ވިލިމާލެއަށް ގެންދިޔަ 1200 ކިލޯވޮޓްގެ ގެނެރޭޓަރު ސެޓު ބޭނުންކުރަން ފަށައިފިއެވެ.
ސްޓެލްކޯއިން މިކަން ހާމަކޮށް މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ، ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގެއަށް ގެންދިޔަ 1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް މިހާރު ދަނީ ބޭނުން ކުރަމުން ކަމަށެވެ.
”މިއާއެކު، ވިލިމާލޭގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރެވި، އެ ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވުމާއެކު، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ“ ސްޓެލްކޯއިން ބުންޏެވެ.
މި ޖެނެރޭޓަރު ސެޓް ސްޓެލްކޯއިން ވިލިމާލެއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހުގައެވެ.
ޕީކް ސީޒަނާ ދިމާކޮށް ސްޓެލްކޯއިން ދަނީ މުޅި ރާއްޖޭގައި ގިނަ ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން އާ ޖެނެރޭޓަރު ބޭނުންވާ ރަށްތަކަށް އެ އެއްޗެހި ގެންދިއުމުގެ އިތުރުން، މަރާމާތުކުރަންޖެހޭ ސެޓްތައް ވެސް ދަނީ މަރާމާތުކުރަމުންނެވެ.



