އޮފީހަކުން ވައްކަންކުރި މީހަކު ހޯދުމުގެ މަސައްކަތް ފުލހުން ފަށައިފިއެވެ.
އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެގެން، ހޯދުމަށް އިއުލާނުކޮށްފައިވަނީ އުމުރުން 34 އަހަރުގެ، ގދ ތިނަދޫ، ސަކީނާ މަންޒިލް، އިބްރާހިމް ނާޝިދެވެ.
އޭނާގެ ފޮޓޯ އަދި ވަަނަވަރު އާންމުކޮށް އޭނާ ހޯދަން ފުލުހުން އިއުލާނުކުރީ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އެންގުމަށެވެ.
ފުލުހުންވަނީ، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 12 ވަނަ ދުވަހުގެ 08:30 އަށް އޭނާ ހާޒިރުވުމަށް އަންގާ އިއުލާނުކޮށްފަ އެވެ.



