ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގޭގައި އަލިފާންރޯވެ ވަރަށް ބޮޑަށް ގެއްލުންވެއްޖެ އެވެ.
މޯލްޑިވެްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނީ، ކުޅުދުއްފުށި ސިޓީ، ”ގޮންބުލިމާގެ“ ނަމަކަށް ކިޔާ ގެއެއްގެ ބަދިގޭގައި ރޯވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ. އަދި ރިޕޯޓް ލިބުމާއެކު، ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް، ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 10:40 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގޭގެ ބަދިގެއަށް ވަރަށް ބޮޑެތި ގެއްލުންވެފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.



