ފެނަކަައިންވެސް އެޕްރީލްމަހުގެ ކަރަންޓް ބިލަށް ޑިސްކައުންޓްދޭން ނިންމައިފި އެވެ.
ފެނަަކައިން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން އެޕްރީލްމަހުގެ ބިލުން ޑިސްކައުންޓް ދޭން ނިންމީ ކަމަށެވެ.
”ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭގޮތަށް އެންމެ ފަހުން ތައްޔާރުކޮށްފައިވާ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލަތައް ފޮނުވުމުގެ މަސައްކަތް ފެނަކައިން މިއަދު ވަނީ ފަށާފައި.“ ފެނަކައިން ބުނެފައި ވެއެވެ.
ފެނަަކައިން ބުނީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެކަމަށެވެ. އަދި، ސަރުކާރުގެ ވިސްނުމާ އެެއްގޮތަށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ވީހާވެސް ލުއި ގޮތްތައް ހޯދައި ދިނުމަށް ފެނަކައިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަންވެސް ދީފައި ވެއެވެ.
ފެނަކައިގެ އިތުރުން، ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ވެސް ވަނީ އެޕްރީލް މަހުގެ ބިލަށް ޑިސްކައުންޓް ދޭން ނިންމާފަ އެވެ.




